މިއަހަރުގެ މިހާތަނަށް 104 ރިސޯޓް ހިންގުމަށް ހުއްދަ ދޫކޮށްފައި ވިނަމަވެސް ހިންގަމުންދަނީ 97 ރިސޯޓް


ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ސަތޭކަ ހަތަރު ރިސޯޓް ހިންގުމުގެ ހުއްދަ ދޫކޮށްފައިވާއިރު، މީގެ ތެރެއިން މިހާރު އޮޕަރޭޓް ކުރަމުންއަންނަނީ، ނުވަދިހަ ހަތް ރިސޯޓެވެ.ޓޫރިސްޓް ވިޔަފާރީގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކުގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ސަފާރީ އުޅަނދުގެ ގޮތުގައި ސަތޭކަ ސާޅީސް ހަ އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު، ގެސްޓްހައުސްގެ ގޮތުގައި ފަސްދޮޅަސް އަށް ތަނެއް ރަޖިސްޓްރީކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ މި ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން ޓޫރިސްޓް ހޮޓަލުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ވިހި ތަނެއް ރަޖިސްޓްރީކޮށްފައިވާއިރު، ޓްރެވަލް އޭޖެންޓުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ އަދަދު ދުއިއްސައްތައަށްވުރެ މައްޗަށް އަރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހުސްވި އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރމަހުގެ ނިޔަލަށް، ވެސްޓަރން ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ނުވައެއް ޕޮއިންޓް ހަތަރެއް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، އިރުމަތީ ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ، ދިހައެއް ޕޮއިންޓް ހަތަރެއް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ހުސްވި މަހުގެ ނިޔަލަށް އޭޝިޔާ ޕެސިފިކްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، ދިހައެއް ޕޮއިންޓް ދޭއް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، މެދުއިރުމަތީގެ ޤައުމުތަކުން މިމުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ ފަންސާސް ފަހެއް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ދެހާސް އެގާރަވަނަ އަހަރުގެ ސެޕްޓެމްބަރމަހާއި އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރމަހުގެ ނިޔަލަށް އެމެރިކާގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ބާރަ ޕޮއިންޓް ތިނެއް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، އެފްރިކާގެ ޤައުމުތަކުން މިމުއްދަތުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ، ނުވައެއް ޕޮއިންޓް އަށެއް އިންސައްތަ މައްޗަށްގޮސްފައެވެ.

މިއަހަރު ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން ގެނައުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އަންނަނީ، ފެބްރުއަރީމަހުން ފެށިގެން ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ވަރުގަދަ ކެންޕެއިންތަކެއް ހިންގަމުންނެވެ.

މިގޮތުން ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ރޯޑް ޝޯތައް ބޭއްވުމާއި، ދުނިޔޭގެ މަޝްހޫރު ބައެއް ޗެނަލްތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ފަށާފައިވާ ކެމްޕެއިންތައް ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ “ޓުއަރ ގައިޑުންނާއި ބެހޭގަވާއިދު” ގެޒެޓްގައި ޝާއިޢުކޮށް އެގަވާޢިދަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގައި ޓުއަރ ގައިޑުކަން ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ކުރާ ފަރާތްތަކަށް އެކަނި ކަމަށް.

ޓުއަރ ގައިޑްކަން ކުރުމަށް ހުއްދަދެވޭނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން އެކްރެޑިޓް ކުރެވިފައިވާ ކޯހެއް ފުރިހަމަ ކުރުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގަވާޢިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް.

އެގޮތުން ގަވާއިދާއި ހިލާފަށް އަމަލު ކުރާ ފުރަތަމަ ފަހަރު ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާއިރު ދެވަނަ ފަހަރަށް ގަވާޢިދާ ޚިލާފު ވެއްޖެ ނަމަ ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި ތަކުރާރުކޮށް ތިންވަނަ ފަހަރަށް ގަވާޢިދާ ޚިލާފަށް އަމަލުކުރާ ފަރާތްތައް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާޢިދުގައި ބުނެފައިވޭ.

މީގެއިތުރުން ތިންފަހަރަށް ވުރެ ގިނަ ފަހަރު ގަވާއިދާއި ހިލާފް ވެއްޖެނަމަ ޓުއަރ ގައިޑުގެ ހުއްދަ ތިން އަހަރު ދުވަހަށް ހިފެހެއްޓޭނެ ކަމަށް ގަވާޢިދުގައި ބުނޭ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަދަ ގަވާއިދެއް އެކުލަވާލުމުގެ ބޭނުމަކީ ޓުއަރ ގައިޑުކަން ކުރުމުގެ އުސޫލު ކަނޑައެޅުމާއި ޓުއަރ ގައިޑުންގެ ސުލޫކީ މިންގަޑެއް ކަނޑައެޅުންކަމަށް.

By didi37nishan

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ސަބަބުން އާއްމު ފަރަތްތަކަށް ދިމަވާ ބައެއް އުނދަގޫތައް


ތޮއްޖެހިފައި މިވާ މާލޭގެ ކޮންމެ ސަރަހައްދަކަށް ބަލާލުމުންވެސް ފެންނަނީ ކޮންމެވެސް އުސް އިމަރާތެއް ނޫންނަމަ ކާރޫބާރޫ ބޮޑު މަގުތަކެއް. ހިންހަމަ ޖައްސާލަން އާންމުން މަޑުކޮއްލާނެ ޕާކެއް ނުވަތަ ފިނިމައިޒާނެއް އިނގިލިން ގުނާލެވޭހާވެސް މަދުކަން ފަހަގަ ކުރެވެއެވެ.

ކަންމިހެން ހުރި އިރު ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަށްވެސް އާންމުގޮތެއްގައި ހިންގަމުންދަނީ މާލޭގައެވެ.

އާއްމުކޮށް ސިޔާސީ ހަރަކަތްތައް މާލޭގައި ހިންގަމުންދަނީ ހެދިގޮނޑުދޮށް ސަރަހައްދާއި، އުސްފަސްގަނޑު ސަރަހައްދާއި، ޖުމުހޫރީ މައިދާނުގެ އިތުރުން ލޮނުޒިޔާރަތްކޮޅުގައެވެ.

މިއީ މަލޭގައި ދިރިއުޅޭ އާންމު ފަރާތްތަކުން އެންމެގިނައިން ހިންހަމަ ޖައްސާލުމަށްޓަކައި އާއިލާއާ އެކީ ގޮސްއުޅޭ ތަންތަނެވެ.

މީގެއިތުރުން އެއްވުން މަނާކަމުގައި ކަނޑައަޅާފައިވާ، އާންމުން އެތަންތަނުން ހިދުމަތްލިބިގަންނަމުންދާ، ކޯޓުތަކާއި، ސަރުކާރުގެ މުހިންމު އިމަރާތް ތަކުގެ ކައިރީވެސް، އެކި ސިޔާސީ ފަރާތްތަކުން އެއްވެ އެބަޔަކު ބޭނުންވާ ކަމެއް ހާސިލު ކުރުމައްޓަކައި އަޑުގަދަކޮށް މުޒާހަރާ ކުރާކަން ފާހަގަ ކުރެވެއެވެ.

ބިމުގެ ގޮތުން ދަތި މާލޭގެ މަގުތަށްވެސް ސިޔާސީ ފަރާތްތަކުން ކުރާ މުޒާހަރާ ތަކުގެ ޝިކާރައަކަށްވެ ބަންދު ކުރުމުން މަގުތައް ބުލޮކްވެ ޓުރެފިކް ބާރުބޮޑުވެ، މަގުތަކުގައި ދުއްވާއެއްޗިއްސާއި، މީހުންނަށް އެތައް އުނދަގޫތަކަކާ ކުރިމަތިލާންޖެހެއެވެ.

ހައްގުތައް ހޯދުމުގެ ނަމުގައި އިހުތިޖާޖު ކުރަންޖެހެނީ ވަކިބައެއްގެ ހައްގުތަކަށް އަރައިގަތުމަށްފަހުގައިނަމަ، ސިޔާސީ ޕާޓީތަކުގެ މިފަދަ ހަރަކާތް ތަކުގެ ސަބަބުން ސިޔާސީކަންކަމާއި ދުރުގައި އުޅެންބޭނުންވާ އާންމު ފަރުދުންނަށް އެބައިމީހުންގެ ހައްގުތައް އެންމެ އެދެވޭގޮތުގައި ލިބެމުން ނުދިއުމަކީ އެންމެ ހަމަޖެހޭ އުސޫލުބާ؟

By didi37nishan

ޕީ.ޕީ.އެމް އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮއްލުން


މިހިނގާ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުގެރޭ މުޅިދިވެހި އުންމަތް ސިއްސުވާލި ޚަބަރަކީ ޕީ.ޕީއެމް ގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޚަބަރެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮއްލާފައިވަނީ ޓީ.ވީ.އެމެ އިން ގެނެސްދެއްވި ދިނީ ޕުރޮގްރާމެއްގައި ބައިވެރި ވަޑައިގެންނެވުމަށްފަހު އެނބުރި ގެއަށް ވަޑައިގެންނެވިތަނާ، އެމަނިކުފާނު ދިރިއުޅުއްވަ ގޭގެ ތިރީ ފަންގިފިލާގައެވެ.

މިއީ ސިޔާސީ ޕާޓީ އަކަށް ނިސްބަތްވެވަޑައިގަނަނަވާ އިސްބޭފުޅަކު ގަސްތުގައި މިފަދަ ގޮތަކަށް އަވަހަރަކޮއްލެވުނު ފުރަތަމަ ފަހަރެވެ.

މަރުހޫމް ޑރ. އަފްރާޝީމް އަވަހާރަކޮއްލީ ކިހިނެއް އަދި ކާކު ކަމެއް އެއްވެސް ރަސްމީ ފަރާތަކުން އަދި ހާމަކޮއްފައިނުވެއެވެ، ނަމަވެސް އެހާދިސާ އާގުޅިގެން 4 މީހަކު ހައްޔަރު ކޮއްފައިވާކަމުގައި ފުލުހުންވަނީ ހާމަކުރައްވަފައެވެ.

ދިވެހިރާއްޖޭގެ ސަރުކަރުން ވަނީ މިހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައި، ޤައުމީ ފެންވަރުގައި އެ މަރުގެ މައްސަލަ ތަހުގީގު ކުރުމްށް މޯލްޑިވުސް ޕޮލިސް ސާވިސްއާށް އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހާއި، ރާއްޖޭގައި ނަގާކިޔަ ހުރިހާ ސިޔާސީ ޕާޓީތަކުން މިކަން ކުއްވެރިކޮށްވަނީ ނޫސްބަޔާން ނެރެފައެވެ، އަދި އެ އިންސާނިއްޔަތާ ޚިލާފު އަމަލު ހިންގި ބަޔަކު ހޯދައި ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގިނަފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޑރ. އަފްރާޝީމް ފާހަގަކުރެވިފައިވަނީ ސިޔާސީ ގޮތުންނާއި ދީނީ އިލްމު ފެތުތުމުގައި ރާއްޖެއިން ފާހަގަކުރެވޭ ކުޅަދާނަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި މާރާމާރީ އާއި ނުރައްކަތެރި ހަމަނުޖެހުން އިތުރު ވަމުންއައިސް މިހަރު އާއްމުންނާއި އެކި އެކި މުއައްސަސާތަކުގެ މެންބަރުން މިދަނީ އަނިޔާވެރި ގޮތަކަށް މަރަމުންނެވެ.

By didi37nishan

ރާއްޖޭގައި އުފެދުނު ބައެއް ކޯލިޝަންތައް


ކޯލިޝަން އަކީ އެކަކަސްވުރެ ސިނަޕާޓީތަށް ވަކި ކަމަކަށް އެބަސްވެ އެބައި މީހުންގެ ތެރޭގައި އުފެދޭ ގުޅުމަކަށް ކިޔާނަމެކެވެ.

ދިވެހި ރާއްޖޭގައިވެސް ސިޔާސީ ޕާޓީ އުފެދުނު ފަހުން ކޮންމެވެސް ވަރަކަށް ޕާޓީތަކުގެ މެދުގައިވަނީ ކޯލިޝަން ހަދައި އަދި އެކޯލިޝަންތަށް ރޫޅިފައިވެސް ވެއެވެ.

އެގޮތުން ބަލާއިރު އެންމެ ފުރަތަމަ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފާހަގަ ކުރެވުނު ކޯލިޝަން އަކީ “ވަތަން އެދޭ ގޮތް” މިނަމުގައި 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައެވެ.

ގިނަޕާޓީ ވާދަކުރި އެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް ނުވަތަ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ނުލިބުމުން ދެވަނަ ބުރަކަށް ވޯޓުލާން ޖެހުމުން ބައެއް ޕާޓީތަށް އެއްވެ ކޯލިޝަން އެއިންތިޚާބު ކަމިޔާބު ކުރުމަށް ކޯލިޝަންއެއް އުފެއްދިއެވެ.

މިކޯލިޝަންގައި ހިމެނުނީ އެރުގެ ސަރުކަރާއި އެންމެ އިދިކޮޅު އެމް.ޑީ.ޕީ ގެ އިތުރުން އަދާލަތުޕާޓީ، ޤައުމީ ޕަޓީ، ޖުމުހޫރީ ޕާޓީ، ސޯޝަލް ލިބަރަލް ޕާޓީ އާއި ޤައުމީ އިއްތިހާދެވެ.

ދެން ދިވެހިރާއްޖޭގައި ކޯލިޝަން ހަދާފައިވަނީ އެކި އެކި ކަންކަމުގައި ބައެއް ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސް ވުން ތަކަށް އައިސް ގެންނެވެ.

މިހާރު ރާއްޖެއިން ފާހަގަ ކުރެވޭ އަދި އެންމެ ގިނަދުވަސް ވެފައިވާ ކޯލިޝަން އަކީ “23 ޑިސެމްބަރުގެ އިއްތިހާދު” ގެ ނަމުގައި 2011 ވަނަ އަހަރު އުފެދުނު ކޯލިޝަނެވެ.

އެއީ އޭރު އޮތް ސަރުކާރުން ދީނާ ޚިލާފު ކަން ކަން ކުރާކަމުގައި ބުނެ އަދާލަތު ޕަޓީ އާއި ޑީއާރުޕީގެ އިތުރުން އޭރު ސަރުކަރާއި އިދިކޮޅު ޕާޓީތަށް އެއްވެ އުފެއްދި ކޯލިޝަނެވެ.

މިކޯލިޝަނުން ވަނީ މިހާތަނަށް އައި އިރު ބައެއް ކަންކަމުގައި މުޒާހަރާކޮށް ކަންކަން ކަމިޔަބުވެސް ކޮއްފައެވެ.

މިގޮތުން އެންމެ ފާހަގަ ކުރެވެނީ ކެނޑިނޭޅި 22 ރޭ ވަންދެން މުޒާހަރާ ކުރުމަށްފަހު ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަކަމެވެ.

އެގޮތުން މިހާރު ރާއްޖޭގެ ސަރުކަރުގައިވެސް މިއިއްތިހާދުގެ ހިއްސާ ވަރަށްބޮޑެވެ.

By didi37nishan

ދިވެހި ރައްޔިތުންގެ ޕާޓީ

ދިވެހިރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓީ އަކީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އެވެ. މިޕާޓީއަކީ މިހާރު ދިވެހި ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. މިހިންގާ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހާ ހަމައަށް މިޕާޓީގެ މެންބަރުންގެ އަދަދަކީ 27067 އެވެ.

މިޕާޓީ އުފެދުނީ 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ފެންނަކަމަށް ފާސްކުރުމާ ގުޅިގެން، އޭރު ރައީސުލްޖުމުހޫރިއްޔާ ކަމުގައި ހުނެވި އަލްއުޡްތާޒް މައުމޫނު އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިންނެވެ.

21 ޖުލައި 2005 ވަނަ އަހަރު ރަޖިސްޓްރީ ކުރުމަށް ހުށައެޅުނު މިޕާޓީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓި ތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވުނީ ދެވަނަ ސިޔާސީ ޕާޓީގެ ގޮތުގައެވެ.

މިޕާޓީގެ މިހާރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިމަގާމަށް ހޮވިފައިވަނީ އޭރުގެ ރައީސް އަދި ޑީ.އާރު.ޕީގެ ޒައީމް އަލްއުޡްތާޒް މައުމޫން އަބްދުލްޤައްޔޫމް 2008 ގެ އޮކްޓޯބަރުގައި ބޭއްވުނު ގިނަޕަޓީ ހިމެނެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ ދެން ބޭއްވުނު އެޕާޓީގެ ކޮންގްރެސް އިން ނިންމުމުންނެވެ.

ކާމިޔާބުކޮއްފައިވާ އިންތިޚާބުތަކަށް ބަލާއިރު 2009 ވަނަ އަހަރު ބޭއްވުނު ގިނަޕާޓީ ބައިވެރިވި ރައްޔިތުންގެ މަޖިލީސްގެ އިންތިޚާބުގައި އެޕާޓީންވަނީ 28 ގޮނޑި ކާމިޔަބުކޮށްފައެވެ.

މީގެ އިތުރުންވެސް 2011 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި މިޕާޓީވަނީ އެރު ސަރުކާރު ހިންގި ޕާޓީ އެމް.ޑީ.ޕީ އަށްވުރެ ގިނައިން ލޯކަލް ކައުންސިލްތައް ކާމިޔާބުކޮށް އެކައުންސިލްތަކުގެ އަޢުލަބިއްޔަތު ހޯދާފައެވެ.

ނަމަވެސް ޑީ.އާރު.ޕީ އަށް ވެސް މިހާރުވަނީ ނުހަނު ބޮޑު ބަދަލްތަކެއް އައިސްފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ އެންމެ މައި އިދިކޮޅުޕާޓީގެ ގޮތުގައި ހަރަކާތްތެރި ވަމުންގޮސް ވަކި ހިސާބަކުން ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވިއެވެ.

އެގޮތުން ޕާޓީގެ އެންމެ އިސްލަގަބު އަރުވާފައިވާ އަދި އެޕާޓީގެ ބާނީއަށް ތާއީދުކުރާ ބަޔަކާއި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ތާއީދުކުރާބަޔަކު އުފެދި، ފެކްށަންތަކާ ހަމައަށްގޮސް އެންމެފަހުން އެޕާޓީގެ ތެރެއިން އެހެންޕާޓީއެއް އަނެއްކާވެސް މައުމޫން އިސްވެހުރެ އެމަނިކުފާނަށް ތާއީދުކުރާމީހުން އުފެއްދެވިއެވެ.

އޭގެފަހުން ޑީ.އާރު.ޕީގައި ތިބި މައުމޫނަށް ތާއިދު ކުރައްވާ މަޖިލިސް މެންބަރުންނާއި އެހެނިހެން މެންބަރުން އެޕާޓީން ވަކިވިއެވެ.

މީގެ ސަބަބުން ޑީ.އާރު.ޕީ އަށްވަނީ ކުރިން މަޖިލީހުގައި ލިބިފައިފާ މައިނޯރިޓީ ޕާޓީގެ މަގާމުގެއެއްލި، އާންމު މެންބަރުންވެސް މަދުވުމުގެ ކޮޅުމަތިވެސް ފެންނަން ފަށާފައެވެ.

By didi37nishan

އެމް.ޑީ.ޕީ އަށް އަވަސް ކަޅިއެއް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަކީ 1952 ވަނަ އަހަރު އުފެދުނު މުތަޤައްދިމް ޕާޓީއަށް ފަހު ދިވެހި ތާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެވެ. އެމް.ޑީ.ޕީ ހަރަކާތް ތެރިވަމުން ދަނީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކާއި، ޑިމޮކްރެސީ ކުރިއެރުވުމުގެ މަގުސަދުގައެވެ.

މިހިނގާ ސެޕްޓޭމްބަރު މަހުގެ 9 ވަނަ ދުވަހާ ހަމައަށް މިޕާޓީގެ މެންބަރުންގެ އަދަދަކީ 48516 މެންބަރުންނެވެ. މިއީ މިހާތަނަށް ދިވެހިތާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

އަދި ދިވެހިރާއްޖޭގައި ބެއްވުނު އެންމެ ފުރަތަމަ ގިނަޕާޓީ ހިމެނޭ ރިޔާސީ އިންތިޙާބް ކާމިޔާބު ކޮއްފައި ވަނީވެސް އެމް.ޑީ.ޕީ އިންނެވެ.

1952 ވަނަ އަހަރަށްފަހު ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީ އެއް ހަރަކާތް ތެރި ވެފައި ނުވެއެވެ. ނަމަވެސް 2001 ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން މިހާރުގެ އެމް.ޑީ.ޕީ ވަނީ ނުރަސްމީކޮށް އެޕާޓީގެ ރަޖިސްޓްރީ ކުރުމަށް އެދިފައެވެ.

ނަމަވެސް އޭރު ސަރުކާރުން ވަނީ އެއީ އެރުގެ ނޫ ގާނޫނު އަސާސީ ތަންދޭ ކަމެއްނޫން ކަމުގައި ބުނެ އެހުށައެޅުން ގަބޫލުނުކޮށްފައެވެ.

ދެން އޭގެ ފަހުން އެޕާޓީން ވަނީ މަގުތަންމަތީގައި އެމީހުންނަށް ޕާޓީ އުފެއްދުމުގެ ހައްގު ލިބެން ޖެހޭ ކަމުގައި ބުނެ ޝުއޫރު ފާޅުކޮށް މުޒާހަރާ ކޮށްފައެވެ. އަދި މިދުވަސްވަރު އީވާން ނަސީމްގެ މައްސަލައިގައިވެސް އެމް.ޑީ.ޕީން ވަނީ އަދު އުފުލާފައެވެ.

އޭގެ ފަހުން އޭރުގެ ސަރުކާރުގެ އިސްނެގުމުގެ މަތިން ރައްޔިތުންގެ މަޖިލީހުން ވަނީ ދިވެހިރާއްޖޭގައި ސިޔަސީ ޕާޓީ އުފެއްދުމަށް ފެންނަ ކަމުގައި ފާސްކޮއްފައެވެ.

އެމް.ޑީ.ޕީ ރަސްމީ ސިފައެއްގައި ސިޔަސީ ޕާޓީ އެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެން ދިޔައީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުގައެވެ.

އެމް.ޑީ.ޕީގެ ފުރަތަމަ ރައީސަކީ އިބްރާހިމް އިސްމައީލް (އިބްރާ) އެވެ. އަދި ޗެއާޕާސަން އެއްގެ ގޮތުގައި އެންމެ ފުރަތަމަ ހޮވުނީ މުޙައްމަދު ނަޝީދެވެ.

މިޕާޓީ އުފެދުމަށްފަހު ތަފާތު ގިނަ އިންތިޚާބުތަށް ވަނީ ރާއްޖޭގައި ބޭއްވިފައެވެ. އޭގެ ތެރޭގައި ރާއްޖެގައި އޮންނަން ފެންނަނީ ރިޔަސި ނުވަތަ ބަރުލަމަނި ނިޒާމެއްތޯބަލަން ބޭއްވި އިންތިޚާބުގައި އެމް.ޑީ.ޕީ ވަނީ ބަރުލަމާނީ ނިޒާމު އިޙްތިޔާރު ކޮށްފައެވެ.

އެފަހަރު އެޕާޓީން އިޚްތިޔާރުކުރި ނިޒާމު ކާމިޔާބު ނުވިނަމަވެސް އޭގެ ފަހުން ދެން ބޭއްވިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ފުތަތަމަބުރުގައި ގިނަ ސިޔާސީ ލީޑަރުންނާއި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ވާދަކޮށް އެމް.ޑި.ޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވަނީ ދެވަނަ ހޯއްދަވާފައެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙަބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ނުލިބުމުން އެ އިންތިޙާބުގެ ދެވަނަ ބުރުގައި އެހެން ޕާޓީ ތަކާ އިއްތިހާދުވެ އެމް.ޑީ.ޕީ ގެ އިއްތިހާދުންވަނީ ވަނީ ރިޔާސީ އިންތިހާބް ކާމިޔާބުކޮށްފައެވެ.

ދެން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޙަބުގައި ވެސް ވާދަކޮށް އެމް.ޑީ.ޕީން ވަނީ މަޖިލީހުގެ 26 ގޮނޑި ކާމިޔާބު ކޮއްފައެވެ.

ދެން އެމް.ޑީ.ޕީން ވަނީ އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް ތަކުގެ އިންތިޙާބުގައި ބައިވެރިވެ ބައެއް ކައުންސިލްތަކުގެ އަޤުލަބިއްޔަތުހޯދައި، ގިނަ ރައްރަށުގެ ކައުންސިލް ތަކުގައި އެމް.ޑީ.ޕީގެ މެންބަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ދާދިފަހުން މިހިނގާ 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑީޑޭޓް، ވަނީ ދައުރު ފުރިހަމަ ނުވަނީސް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިހާރުވެސް އެމް.ޑީ.ޕީ ފާހަގަ ކުރެވެނީ އެޕާޓީން ޑިމާންޑު ކުރާ ކަންކަމުގައި ޝުއޫރު ފާޅުކޮށް ގިނަ އަދަދަކައް މުޒާހަރާތަކައި ރެލީތަށް ބައްވާ ޕާޓީ އެއްގެ ގޮތުގައެވެ.

By didi37nishan

މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ ދައުރު

 
17ވަނަ ރައްޔިތުންގެ މަޖިލީސް ފެށިގެން މިދިޔައީ ކުރީގެ މަޖިލީސް ތަކާ ޚިލާފަށް، ގިނަ އަދަދަކަށް ސިޔާސީ ޕާޓީތަކުން މެންބަރުން

އިނސީ ނިޒާމެއްގެ ދަށުން ޡްތިޚާބު ވެގެންނެވެ.އެހެން ކަމުން 17 ވަނަ މަޖިލިސް ވެގެން ދިޔައީ ޒަމާނީ އަދި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ރިއާސީ ނިޒާމެއްގެ ދަށުން އުފެދިގެން ދިޔަ މަޖިލީހަކަށެވެ.

ކޮންމެ އިދާރީ ދާއިރާއަކުން ދެމެންބަރުން މަޖިލީހަށް އިންތިޚާބު ކުރެވިފައި ވާއިރު، އޭގެ ތެރެއިން ގިނަ މެންބަރުންނަކީ އެކި އެކި ސިޔާސީ ޕާޓީތަކުން އިންތިޚާބު ވެފައިވާ މެންބަރުންންނެވެ.

އެއީ އެމް.ޑީ.ޕީ، ޑީ.އާރު.ޕީ، ޕީއޭ، ޤައުމީ ޕާޓީ، ޖުމުހޫރީ ޕާޓީ،ޕީ.ޕީ.އެމްގެ އިތުރުން ބައެއް މިނިވަން މެންބަރުންނެވެ.

މިއިން ކޮންމެ ޕާޓީ އަކުންވެސް ޕާޓީ ތަމް ސީލު ކުރައްވާ އިސް ފަރާތެއް ހުނަނަވައެވެ. އެއީ ޕާލިމެންޓަރީ ގުރޫޕްގެ ރައީސުންނެވެ.

މަޖިލީހުން ނިންމާ އެކިއެކި ކަންކަމުގައި އެފަރާތް ތަކުގެ އެއްބާރުލުން އެކި ގޮތްގޮތުން ހޯދައެވެ. އޭގެ ތެރޭގައި، ކޮންމެ ޕާޓި އަކުންވެސް ވާހަކަދައްކާނެ މެންބަރުންނައި ދައްކަނެ އަދަދު އެޕާޓީތަކުން ނިންމައި އަކަން ވަކި ގޮތަކަށް ކަނަޑައަޅައިފައި ހުރެއެވެ.
މަޖިލީހުގައި ހިމެނޭ ކޮންމެ ޕާޓީއަކައްވެސް މަޖިލީހުގެ ކޮމެޓީތަކުގައި ބައިވެއެވެ. އަދި އެކޮމެތީތަކުގައި ހިމަނާނީ އެޕާޓީއަކުން ބޭނުނަވާ ބައެކެވެ.

އަދަދުތަށްވެސް ހުނަނާނީ އެކި ޕާޓީތަކަށް އެކި މިންވަރަށެވެ. ޕަޓިގެ މެންބަރުންގެ އަދަދާ އެކަށީގެންވާ ވަރަށް މެންބަރުން ހިމެނޭނެއެވެ.

ޕާލިމްޓަރީ ގުރޫޕްގެ ލީޑަރުންގެ އިތުރުން މީހުން ގިނަ ޕާޓީ އެއްނަމަ އެޕާޓީ އެއްގައި ވިޕުންވެސް ހަރަކާތް ތެރިވެއެވެ. ވިޕުންނަކީ ޕާޓީގެ މެންބަރުންގެ މެދުގައި އިސްވެ ކަންކަން ވިލަރެސް ކުރުމެވެ.

By didi37nishan

ސިޔާސީ ޕާޓީތަކާއި، ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ބައެއް އަމަލްތަކާހެދި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމެނީ ކިހާ ވަރަކަށްތޯ މިއަދު ސުވާލް އުފެދެއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 77 އެވެ. މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކޮއްފައިވަނީ ޕާޓީ ތަކުންނެވެ.މެންބަރުން އިންތިޚާބު ވެފައި ވަނީވެސް ތަފާތު ޕާޓި ތަކުންނެވެ. މިހާރުގެ މެޖޯރިޓީ ޕާޓީއަކީ އެމް.ޑީ.ޕީ އެވެ. އަދި މައިނޯރިޓީ އޮތީ ޕީޕީ އެމްގައެވެ.

މީގެ އިތުރުންވެސް ޑީ.އާރު.ޕީ އާއި ޤައުމީ ޕާޓީ، ޖުމުހޫރީޕާޓީގެ އިތުރުން ޕީއޭގެ ވެސް މަދު މެންބަރުން ކޮޅެއް މަޖިލީހުގައި ހަރަކާތްތެރި ވަމުންދެއެވެ.

ނަމަވެސް ހިތާމަ އަކީ ރައްޔިތުން ނައްޓަކައި ތައްޔީތުން އެދިގެން އެކި އެކި ޕާޓީތަކަށް ހޮވާފައި ތިބި މެންބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލް ވަމުން ދާއިރު އެމެންބަރަކު ހޮވި ދާއިރާއަކަށް ނިސްބަތްވާ އެއްވެސް މެންބަރަކަށް ނޭނގެއެވެ.

ފާހަގަކޮއްލަން ޖެހޭ ކަންކަމުގެ ތެރޭގައި މެންބަރުން މަޖިލީހަށް ހާޒިރުނުވުންފަދަ ކަންކަން ފާހަގަ ކުރެވެއެވެ.

އެންމެ ހިތާމަ ކުރަންޖެހޭ ކަމަކީ އެއްޕާޓީން ބޭނުންވީމަ ޖަލްސާ ހުޓުވާ އަނެއް ޕާޓީން ބޭނުންވުމުން މަޖިލީސް ތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ ސަގާފަތެއް މެންބަރުންގެ ތެރޭގައި އަށަގެންފައި ވާކަމެވެ.
އެގޮތުން މިހާރަކަށް އައިސް މަޖިލީހުގައި ބޭއްވޭ ޖަލްސާތަކައްވުރެ ގިނައީ ސިޔާސީ ޕާޓީތަކުގެ ކޯޅުމޭބުނުމަކުން ދޮގަކަށްނުވާނެއެވެ.

ޤައުމަށާއި ރައްޔިތުންނަށް ފައިދާ އާއި ލާބައަށް މަސައްކަތް ކުރަމުންދާ ޕާޓީތަކުގެ މެންބަރުން މިފަދަ ގޮތަކަށް ރައްޔިތުންނާ ގުޅުހުރި ކަންކަން ނިންމާތަނެއްގައި އަމަލްތަށް ބެހެއްޓުމަކީ އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭނެ ކަމަކަށް ނުވާނެއެވެ.

ރައްޔިތުންނާ ގުޅުންހުރި އެތަށް ބިލްތަކެއް މަޖިލީހުގައި ފުނި ޖެހިފައި އެބަހުއްޓެވެ. ނަމަވެސް މަޖިލީހުގައި ބާރު އޮތް ދެޕާޓީން މަސައްކަތް ކުރަނީ އަމިއްލަ ފައިދާއައްކަން ނުހަނު ފާހަގަވެއެވެ.

އެއީ އެބައިމީހުން ބޭނުން ނުވާ ގޮތަކަށް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔައްދާތަނެއް ނުފެނެއެވެ. ހިތާމައަކީ މަޝްވަރާގެ ރީތި އުސޫލުންވެސް ގިނަކަންކަމުގައި ހައްލު ނުލިބޭކަމެވެ.

މިކަން ކަމަކީ ކޮންމެވެސް ބަޔަކު ބަލައި މިކަންކަމަމެދު ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަންކަމެވެ. މީގެސަބަބުން ހުރިހާވެސް ގެއްލުމެއް ލިބެނީ ނިކަމެތި ރައްޔިތުންނަށެވެ.

By didi37nishan

ތިބޭފުޅާ ކޮން ޕާޓީއެއްތޯ؟

“ހަމަ ޔަގީނުންވެސް އެޕާޓީއަށް ވަންނަން މަ ފޯމުނުލަން ދެން ކީއްވެ ރަޖިސްޓްރީ އިން ފެންނަނީ؟” މިއީ މިހާރަކަށް އައިސް ގިނަ މީހުން ކުރާ ސުވާލެކެވެ.
ތިމާއަށް ނޭނގި ތިމާ އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައި އޮތުމަކީ ހަމަ ބަލަންވާ ވަރުގެ ބޮޑު މައްސަލައެކެވެ.

ފޯމުފުރާ ޕާޓީނޫން އެހެން ޕާޓީއެއްގައި ރަޖިސްޓްރީ އޮތުމާއި، ދުވަހަކުވެސް ޕާޓީއަކަށް ވަނުމަށް ފޯމުނުފުރާ މީހުންނާއި އަދި މަރުވެފައި ތިބޭމީހުން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބުމަކީ އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކަ ތަކެވެ.

މިކަންކަން މިހެން ހުރިނަމަވެސް ޕާޓީތަކަށް މެންބަރުން ރަޖިސްޓްރީ ކުރާ ފަރާތަކީ އިލެކްޝަން ކޮމިޝަނަށްވެފައި އެތަނުން ވަނީ މިކަންކަން ކުރުމަށް ނުހަނު ފަސޭހަ ގޮތްތައް އާންމު ރައްޔިތުންނަށް ފަހިކޮށްފައެވެ.

އެގޮތުން ޕާޓީތަކަށް ވަނުމަށް ކޮންމެ މެންބަރަކުވެސް ފޯމެއް ފުރަން ޖެހެއެވެ. އަދި ކޮންމެ ވަގުތަކުވެސް ތިމާ ރަޖިސްޓްރީ ވެފައިވަނީ ކޮން ޕާޓީއެއްގައިތޯ ބެލުމުގެ މަގުފަހި ކޮއްފައެވެ. އެގޮތުން އިލެކްޝަންގެ ސައިޓުންނާއި، އެސް.އެމް.އެސް މެދުވެރިކޮށްވެސް ބަލާލެވެއެވެ.

ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ އެކަމަށްއެދި އިލެކްޝަން ކޮމިށަނުގެ އިދާރާއަށް ފޯމު ހުށައެޅުމުންނެވެ. އަދި މެންބަރު ކަމުން ވަކި ވެވޭނީ އެކަމަށް އެދި ސިޓީ އެ ކޮމިޝަނަށް ހުށައެޅުމުންނެވެ.

މިކަންކަން މިހެން ހުރި އިރު އާންމު ރައްޔިތުން އަބަދުވެސް ސަމާލުވެގެން ތިބުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެވެއެވެ.

By didi37nishan

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ގޮތް

ދިވެރާއްޖޭގައި ސިޔާސީ ޕާޓީ އުފެދިގެން ދިޔައީ ދެފަހަރެއްގެ މަތިންނެވެ. މީގެތެރެއިން މިހާރު ދިވެހިން ދެކެމުންމިދާ ސިޔާސީ ޕާޓީތަކާ ކުރިން އުފެދުނު ޕާޓީއާ ތަފާތެވެ.

ދިވެހި ތާރީޚުން ފެންނަގޮތުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެންމެ ފުރަތަމަ ރާއްޖެއިން ފެނިގެން ދިޔައީ “މުތަޤައްދިމް” ޕާޓީގެ ނަމުގައި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮޝިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރު އުފެއްދެވި ޖަމާއަތެވެ. އެއީ 1951 ވަނަ އަހަރުގައެވެ.

ނަމަވެސް އެދުވަސްވަރު އުފެދުނު ޕާޓީއަކީ، ގިނަޕާޓީ އެކުލެވޭ ނިޒާމެއްގެ ތެރެއިން ވުޖޫދައްއައި ޕާޓީއެއ ނޫނެވެ.

ދެން ފެނިގެން ދިޔައީ ދިވެހިރާއްޖެ އަށް އައި ތަރައްގީއާއި ސިޔާސީ މަސްރަޙަށް އަންނަން ފެށިބަދަލްތަކެވެ.

އެގޮތުން 2000 ގެ އަހަރުތައް ފެށުމާއެކު ދިވެހިންގެ ތެރެއިން ބަޔަކު އިސްވެތިބެ ރާއްޖޭގައި ޕާޓީތައް އުފެއްދޭން ޖެހޭނެ ކަމުގައި އަޑުއުފުލައި ވަކާލާތު ކުރަމުންދިޔައެވެ.

އެގޮތުން އެތައް މަރުހަލާއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން އޭރުގެ ސަރުކާރުން ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ނިންމިއެވެ.

މިދެންނެވި ލަފަޔާ ގުޅިގެން އޭރުގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ ޕާޓީތައް އުފައްދުމުގެ ޤަރާރެއް 2005 ވަނައަހަރުގެ ނެރުނެވެ.

ދެން އެޤަރާރުގެ ދަށުން “ސިޔާސީ ޕާޓީގެ ގަވާއިދު 2005” އެކުލަވާލައި، ހޯމް މިނިސްޓްރީގެ ދަށުން ހިންގަން ފެށިއެވެ.

މިދެންނެވި ހުއްދަ ލިބުމުން އެންމެ ފުރަތަމަ އެކަމަށް ޝައުގު ވެރިކަން ފާޅުކުރައްވައި އެކަމައްއެދި ހުށައެޅީ “ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ” ގެ ނަމުގައި، މިހާރުވެސް މެންބަރުން އެންމެ ގިނަ (އެމް.ޑީ.ޕީ) އިންނެވެ.

ހަމަ އެދުވަހު ދިވެހި ރައްޔިތުންގެ ޕާޓީ އާއި މޯލްޑިވްސް ލޭބާ ޕާޓީގެ ނަމުގައިވެސް ޕާޓީ އުފެއްދުމަށް އެދި ހޯމްމިނިސްޓުރީއަށް ހުށައެޅުނެވެ.

2005 ވަނަ އަހަރު ސިޔާސީ ޕާޓީތަށް ވުޖޫދައް އައިސްފައިވާއިރު މިހިނގާ 2012 ވަނަ އަހަރާ ހަމަޔައް އައިރު ދިވެހި ރާއްޖޭގައި 15 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވެއެވެ.

By didi37nishan